ޚަބަރު
ހަނިމާދޫ މިސްކިތް: މިހާރު ކުރިޔަށްދަނީ ކޮންކްރީޓާ ގުޅުންހުރި މަސައްކަތްތައް
ހަނިމާދޫގައި އިމާރާތްކުރަމުންދާ މިސްކިތް / ފޮޓޯ: އެމްޓީސީސީ
ފަރުދުން
11 މޭ 2026، 03:17
11 މޭ 2026، 03:17
ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ މިސްކިތުގައި މިހާރު ކުރިޔަށްދަނީ ކޮންކްރީޓާ ގުޅުންހުރި މަސައްކަތްތައްކަމަށް، އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސައިޓުގައި މިހާރު ކުރިޔަށްދަނީ އިތުރު ބީމްތައް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމުގައެވެ.
މި މިސްކިތުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
Project Update: Completion of HDH. Hanimaadhoo Mosque
— MTCC Plc (@MTCCPlc) May 11, 2026
Shuttering & reinforcement works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/VIdSCeIfxf
މި މިސްކިތަކީ500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް، 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރަމުންދާ މިސްކިތެކެވެ.
އަދި މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމުމަށެވެ.