ދުނިޔެ

ޣައްޒާގެ ދެކުނުގައި ފުލުހުންގެ ވެހިކަލަކަށް އިސްރާއީލުން ހަމަލާދީފި

ޣައްޒާގެ ދެކުނުގައި ފުލުހުންގެ ވެހިކަލަކަށް އިސްރާއީލުން ހަމަލާދީފި

އިސްރާއިލްގެ ހަމަލާގައި ޝަހީދުވި ދެ ފުލުހުން. ފޮޓޯ: ޤުދުސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 06:33

11 މޭ 2026، 06:33

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް އިސްރާއީލުން މިއަދު ދިން ހަމަލާއެއްގައި ދެ ފުލުހުން ޝަހީދުވެއްޖެއެވެ.

 މިއީ ޓްރަމްޕްގެ އިސްނެގުމުގެ ދަށުން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދިއުމުގެ ތެރެއިން ހިންގި އިތުރު އުދުވާނެކެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ނޭޝަނަލް ސެކިއުރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ފުލުހުންގެ އޮފިސަރުން ބާޒާރުތައް ބަލަހައްޓައި، އާންމު އަމަންއަމާންކަން ގާއިމުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. މިއީ ޣައްޒާގައި ބިރުވެރިކަމާއި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ މަރުކަޒުތަކާއި މުވައްޒަފުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ "ހަނގުރާމައިގެ ކުށެއް" ކަމަށާއި، މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ފުލުހުންގެ މުއައްސަސާތަކަކީ މަދަނީ ރައްކާތެރިކަން ލިބިގެންވާ ތަންތަނެވެ.

ހަމާސް ޖަމާއަތުން މި ހަމަލާ ކުށްވެރިކުރަމުން ބުނެފައިވަނީ، މިއީ ޣައްޒާގައި ގާނޫނީ ނިޒާމު ފުނޑުފުނޑުކޮށްލައި، އާންމު ހާލަތަށް ރުޖޫއަވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޖާމިނުވާ ފަރާތްތަކުން އިސްރާއީލުގެ މި އުދުވާންތައް ހުއްޓުވުމަށް ވަނީ ގޮވާލާފައެވެ.

އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރި ފަހުން، އިސްރާއީލުން ވަނީ 2،800 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެކަނިވެސް 830 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 300 އަށްވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާާ ތުރުކް ވަނީ އިސްރާއީލުގެ މި ހަމަލާތައް ކުށްވެރިކުރައްވައި، ފަލަސްތީނު މީހުން އެމީހުންގެ ގޭގައާއި، ހިޔާވަހިކަން ހޯދައިގެން ތިބި ފޭލިގެތަކާއި، އަދި މަގުމަތީގައިވެސް ރައްކާތެރިކަމެއް ނެތި މަރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450