Ads by Farudhun

ޚަބަރު

ހިންނަވަރު ފުޓްސަލް ދަނޑުގެ ބޮޑުބައެއް ނިމިއްޖެ

ހިންނަވަރު ފުޓްސަލް ދަނޑުގެ ބޮޑުބައެއް ނިމިއްޖެ

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އާރުޑީސީ

farudhun logo

ފަރުދުން

11 މޭ 2026، 09:00

11 މޭ 2026، 09:00

ފާދިއްޕޮޅު ހިންނަވަރުގައި ޤާއިމްކުރަމުން އަންނަ ފުޓްސަލް ދަނޑުގެ ބޮޑުބައެއް ނިމިފައިވާކަމަށް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ހާމަކޮށްފިއެވެ.

ސަރުކާރުން އެ ރަށުގެ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ އެ ރަށުގައި މީގެ ދިހަވަރަކަށް އަހަރުކުރިން އަޅާފައި އޮތް ފުޓްސަލް ދަނޑަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވެ، އެ ދަނޑު ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ވަނިކޮށެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ގްރައުންޑް ލެވެލިން އަދި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށާއި، އަދި މި މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާކަމަށް އާރުޑީސީއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މި މަސައްކަތަށްފަހު ދެން އޮންނާނީ ޓާރފު އެޅުމުގެ މަސައްކަތެވެ.



މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އާރުޑީސީން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މާރިޗު 29، 2025ގަ އެވެ.

 މި މަޝްރޫއަށް ސަރުކާރުން 1.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450