Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަރުހުންގެ ދުވަހުގެ ޚާއްޞަ ހަރަކާތެއް ޝަރަފުވެރުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނަރުހުންގެ ދުވަހުގެ ޚާއްޞަ ހަރަކާތެއް ޝަރަފުވެރުކޮށްދެއްވައިފި

ނަރުހުންގެ ދުވަހުގެ ޚާއްޞަ ހަރަކާތް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 މޭ 2026، 12:27

12 މޭ 2026، 12:27

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހުގެ ޚާއްޞަ ހަރަކާތެއް ޝަރަފުވެރުކޮށްދެއްވައިފިއެވެ.

އެ ކަމަނާ ޝަރަފުވެރިކޮށްދެއްވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ބަހުސް ސެޝަނެކެވެ. 

މި ރަސްމިއްޔާތަށް އެ ކަމަނާ ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ  ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ. ބަހުސް ކުރިޔަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސް (އެފް.އެޗް.އެސް)ގައެވެ.

މި ބަހުސް ކުރިޔަށް ދިޔައީ "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ"، މި މައުޟޫޢުގެ މައްޗަށެވެ. ދެ ޓީމަކުން ކުރިއަށް ގެންދިޔަ މި ބަހުސްގައި ޓީމް-އޭއިން މައުޟޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް- ބީއިން ބަހުސްކުރީ މައުޟޫއާ ދެކޮޅަށެވެ.

ދިވެހިރާއްޖޭގައި ނަރސިންގެ ދާއިރާއިން ކުރިއަށް ދިއުމާ، މި ދާއިރާ އިތުރަށް ފުޅާކޮށް، އާ ފުރުސަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލެވިގެންދިޔަ ބަހުސް ސެޝަންގައި ދާއިރާގެ ޢަމަލީ އަދި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450