ދުނިޔެ

އައިއާރުޖީސީން ކުވެއިތަށް ވަންނަން ކުރި މަސައްކަތެއް ނާކާމިޔާބުކޮށްލައިފި

އައިއާރުޖީސީން ކުވެއިތަށް ވަންނަން ކުރި މަސައްކަތެއް ނާކާމިޔާބުކޮށްލައިފި

ކުވެއިތުގެ ބޫބިޔާން ރަށް. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2026، 10:43

12 މޭ 2026، 10:43

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ނިސްބަތްވާ ހަތަރު މީހަކު ކަނޑުމަގުން ކުވެއިތުގެ ބޫބިޔާން ރަށަށް ވަންނަން އުޅެނިކޮށް ހައްޔަރުކޮށް، އެމީހުންގެ އޮޕަރޭޝަން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ކުވެއިތުން ބުނެފިއެވެ.

ކުވެއިތުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މި ހާދިސާގައި ހައްޔަރުކުރި މީހުންނަކީ ކުވެއިތާ ދެކޮޅަށް ދުޝްމަން ހަރަކާތްތައް ހިންގުމަށް ޙާއްޞަކޮށް ކުއްޔަށް ހިފާފައިވާ މަސްބޯޓެއްގައި ތިބި ބައެއް ކަމަށާއި، އެމީހުންނަކީ އައިއާރުޖީސީގެ އިސް އޮފިސަރުން ކަމަށް މިނިސްޓްރީން ބުނެއެވެ. މި ކުރިމަތިލުމުގައި ކުވެއިތުގެ ސިފައިންގެ މީހަކަށް ވަނީ އަނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ކުވެއިތުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުމުގެ "ބޮޑު އުދުވާނެއް" ކަމަށް ސިފަކޮށްފައެވެ. އަދި އީރާނުގެ ސަފީރު ހާޒިރުކޮށް ރަސްމީކޮށް އިހުތިޖާޖު ނޯޓެއް ހަވާލުކޮށްފައިވާއިރު، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު ކުވެއިތަށް ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ.

ބޫބިޔާން ރަށަކީ ކުވެއިތުގެ އެންމެ ބޮޑު ރަށަށް ވާއިރު، އެއީ އިރާގު ބޯޑަރާ ކައިރީގައި އޮންނަ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކުވެއިތުގެ ތެޔޮ ވަޅުތަކާއި އަސްކަރީ މަރުކަޒުތައް ހުރެއެވެ. މި ހާދިސާއާ ގުޅިގެން ބަހްރޭނުން ވެސް ވަނީ ކުވެއިތަށް ތާއީދުކޮށް އީރާނުގެ އަމަލު ކުށްވެރިކޮށްފައެވެ.

މީގެ ކުރިން ވެސް އީރާނުން ކުވެއިތުގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށާއި ފެން އުފައްދާ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ކުވެއިތުން ތުހުމަތު ކުރެއެވެ. ނަމަވެސް އީރާނުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ. މި ފަހުގެ ހާދިސާއާ ގުޅިގެން މިހާތަނަށް އީރާނުން ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450