Ads by Farudhun

ޚަބަރު

ޢީދު ބަންދާ ދިމާވާގޮތަށް އިތުރު ދެ ދުވަސް ބަންދުކޮށްފި

ޢީދު ބަންދާ ދިމާވާގޮތަށް އިތުރު ދެ ދުވަސް ބަންދުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

13 މޭ 2026، 03:19

13 މޭ 2026، 03:19

މި އަހަރުގެ އަޟްޙާ ޢީދާއި އަދި ޙައްޖު ދުވަހާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކަށް އިތުރު ދެ ދުވަސް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވާގޮތުން، 2026 މޭ 24 ވާ އާދީއްތަ ދުވަހާއި، 2026 މޭ 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

އިތުރު ދެ ދުވަސް ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާތައް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ސަރުކާރު އޮފީސްތައް ބަންދުވާ ގޮތަށް ދެން ހުޅުވޭނީ މި މަހުގެ 31ވަނަ ދުވަހުއެވެ. އެހެންކަމުން ޢީދު ބަންދާ ގުޅިގެން ޖުމްލަ 9 ދުވަސް ސަރުކާރު ބަންދުވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450