Ads by Farudhun

ޚަބަރު

އަމާން ޓަވަރުތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް ބާއްވަނީ

އަމާން ޓަވަރުތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް ބާއްވަނީ

އަމާން ޓަވަރުތައް---

farudhun logo

ފަރުދުން

13 މޭ 2026، 06:46

13 މޭ 2026، 06:46

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި އަމާން ޓަވަރުތައް ހިމެނޭ ސަރަޙައްދު ސާފު ކުރުމަށް ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ. 

"ފަހި ސާފު ވެށި" މި ނަމުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ހަރަކާތާ ގުޅިގެން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތް ކުރިޔަށް ދާނީ މި މަހުގެ 15ވާ ހުކުރު ދުވަހުގެ ހެނދުނުއެވެ. އެގޮތުން ހެނދުނު 07:30 އިން ފެށިގެން 10:30އަށް މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ސާފު ކުރުމުގެ މި ހަރަކާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއް ވެސް އޮންނާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ. މި ހަރަކާތް ކުރިޔަށް ދާނީ އަމާން ދޯދި ޓަވަރު 1 ކައިރީގައެވެ. 



އަމާން ޓަވަރުތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ޓަވަރުތައް ކައިރިޔަށް ގޮނޑުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. މި ކަމާ ގުޅިގެން އެޗްޑީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އަމާން ޓަވަރުތައް ކައިރިއަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450