ޚަބަރު
މަސްތުވާތަކެތި ޓްރެފިކްކޮށްގެން ދެ މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމް އިއްވި ދެ މީހުން---
ފަރުދުން
13 މޭ 2026، 09:12
13 މޭ 2026، 09:12
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ދެ މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ޙުކުމްކޮށްފައި ވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އަދި ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ)ގެ މައްޗަށް ކަމަށެވެ.
މި ދެ މީހުންގެ މައްޗަށް ދަޢުވާކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި ކެނަބިސް ބޭނުންކުރުމުގެ ކުށަށް ރިޢާޔަތްކޮށެވެ.
މި ދެ މީހުންގެ ތެރެއިން އަޙުމަދު އިބްރާހިމް ވަނީ 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން އޭނާއަށް އިތުރު 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް އިއްވާފައި ވެއެވެ.
އެހެންކަމުން ޤާނޫނު ނަންބަރު ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި، 11 މަހާއި 5 ދުވަސް ކަމަށް ޙުކުމްގައި ކަނޑައަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ޙުކުމް އިއްވާފައިވަނީ، އިއްޔެއެވެ.
މި ދެ މީހުންގެ ތެރެއިން ޙުސައިން އިބްރާހީމް ވެސް ވަނީ 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްފައެވެ.