Ads by Farudhun

ޚަބަރު

ވަޒީރު ހީނާގެ އަރިހަށް ސައުދީ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ވަޒީރު ހީނާގެ އަރިހަށް ސައުދީ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ވަޒީރު ހީނާގެ އަރިހަށް ސައުދީ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން / ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

13 މޭ 2026، 09:49

13 މޭ 2026، 09:49

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ބިން ޙަސަން އަލްޤަޙްޠާނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ވަޒީރު ހީނާގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި ސަގާފަތާއި ތަރިކައާ ގުޅޭ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިގެން ދިޔަކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމަށް އަލިއަޅުވާލައްވައި، އެކަމާ ގުޅިގެން ވެސް މަޝްވަރާ ކުރެވުނުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450