Ads by Farudhun

ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރި މީހުން އަލުން ވެރިކަމަށް ގެންނަން ދިވެހިން ބޭނުމެއް ނުވާނެ: ރައީސް ޑރ. މުޢިއްޒު

އިސްލާމްދީނަށް ފުރައްސާރަކުރި މީހުން އަލުން ވެރިކަމަށް ގެންނަން ދިވެހިން ބޭނުމެއް ނުވާނެ: ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2026، 10:45

15 މޭ 2026، 10:45

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ތައުހީނުކޮށް ނެރުނު ރިޕޯޓު ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު މީހުން އަލުން ވެރިކަމަށް ގެންނަން ދިވެހި ރައްޔިތުން ބޭނުން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ފޯރިގަދަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2015 ވަނަ އަހަރު އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި މާތް ރަސޫލާ ﷺ އަށް ކުޑައިމީސްކޮށް، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ކަންކަމަށް ފާޅުގައި ހަޖޫޖަހާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މުސްލިމުންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ބަދުބަސް ބުނި މީހުންނަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަދީގެން މަތީ މަގާމުތައް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ދެ ސަރުކާރަކީވެސް ދީނާ ހިލާފު ސިޔާސަތުތައް ތަންފީޒުކުރި ދެ ސަރުކާރުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިގޮތުން 2011 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދީނާ ހިލާފު ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހުނުކަމާއި، އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ބުދު ބެހެއްޓި މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫޖަހައި ކުޑައިމީސްކޮށް ބަދުބަސްބުނި ސަރުކާރު އަލުން އަނބުރާ ވެރިކަމަށް ގެންނާކަށް ހަމަހޭގައިތިބެ ދިވެހިން ބޭނުމެއް ނުވާނެ،

ރައީސް 

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ސައްތައިންސައްތަ އިސްލާމްދީނަށް ނަސްރުދިނުން ކަމަށެވެ. އަދި ދީނީ ސިޔާސަތެއް ތަންފީޒުކުރުމުގެ ސަބަބުން ބޭރުގެ ގައުމަކުން ނުވަތަ ޖަމިއްޔާއަކުން ކަންބޮޑުވިޔަސް، އެކަމަށް ފަރުވާލެއް ނެތި އިސްލާމްދީނުގެ ދިފާއުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބޮޑުވެ، އެ ޖަމިއްޔާ އުވާލާފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް އެ ރިޕޯޓު ތައްޔާރުކުރުމުގައި ބައިވެރިވި އިސް މީހުންނަށް ކުރީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450