Ads by Farudhun

ޚަބަރު

އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުން މުހިންމު: މެޑަމް ސާޖިދާ

އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުން މުހިންމު: މެޑަމް ސާޖިދާ

1446 ވަަނަ އަހަރުގެ ޢީދު ހަވީރު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2026، 11:03

15 މޭ 2026، 11:03

މައިންބަފައިންނާއި، އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވީ، ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރާއިރު، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤުބަލަކަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އަޅާލުމާއި، އެހީތެރިކަން ނުހަނު މުހިންމު ކަމަށެވެ. އަދި އާއިލާތަކަކީ މުޖުތަމައުގެ ބިންގާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާއިލާތަކަށް އިޖުތިމާޢީ އަދި އިޤުތިޞާދީ އާ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި، ކުދިންނާއި، އަދި އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.



މެޑަމް ސާޖިދާ އިތުރަށް ވިދާޅުވި ގޮތުގައި، އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށް މަސައްކަތް ކުރުމަކީ، ފާގަތި އަދި ތަނަވަސް ދިވެހިރާއްޖެއެއްގެ ބިންގާ އެޅުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަސް ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، އާއިލާގެ ލޯތްބާއި އަޅާލުމުގެ މުހިންމުކަން އާންމުންނަށް ބުނެދީ، އެ ގުޅުންތައް ދެމެހެއްޓުމަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450