Ads by Farudhun

ޚަބަރު

ކުރީގެ ސަރުކާރުތަކުން ހިންގި ބޮޑެތި ޖަރީމާތައް މިހާރުގެ ބައެއް ލީޑަރުންނަށް "އޯކޭ" - އަބުދުއްރަހީމް

ކުރީގެ ސަރުކާރުތަކުން ހިންގި ބޮޑެތި ޖަރީމާތައް މިހާރުގެ ބައެއް ލީޑަރުންނަށް "އޯކޭ" - އަބުދުއްރަހީމް

އަބުދުއްރަހީމް އަބުދުﷲ -- ފޮޓޯ : ޕީއެސްއެމް

16 މޭ 2026، 09:59

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މީގެ ކުރިން ހިނގާފައިވާ ބޮޑެތި އަދި ނުރައްކާތެރި ކަންތައްތަކަކީ މިހާރު ބައެއް ސިޔާސީ ލީޑަރުންނަށް ގަބޫލުކުރެވޭ "އޯކޭ" ކަންތައްތަކެއްގެ ގޮތުގައި ވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

rރޭގެ ވަގުތެއްގައި ތިން ރައީސުން ބައްދަލު ކުރުމާއި ގުޅިގެން މަޖިލިސް ރައީސް މިކަމަށް ފާޑުވިދާޅުވީ އޭނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އޭނާ ވަނީ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކަޅު ސަފުހާތަކެއް ފާހަގަކުރައްވައި، އެކަންކަމާ ދެކޮޅަށް ކުރިން އަޑުއުފުލި ލީޑަރުންގެ އަމަލުތައް މިހާރު ހުރި ގޮތާމެދު ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުން ހިމެނެއެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސްޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި ހާދިސާވެސް އޭނާ ހަނދާން އާކޮށްދެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައާއި، ކޮވިޑް-19 ގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލައިގެ އިތުރުން، އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ވާހަކަވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ މައްސަލައާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުން ފަދަ ކަންކަމަކީ ކުރިން އެ ބޭފުޅުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަންކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި، މިހާރު ގުޅިގެން މަސައްކަތް ކުރައްވާ ކުރީގެ ތިން ރައީސުންނަށް މި ހުރިހާ ކަމެއްވެސް މިހާރު ވަނީ "އޯކޭ" ވެފައެވެ. "ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމުނީ،" ކަމަށް ވިދާޅުވެ، އެމަނިކުފާނު ސިފަކުރެއްވީ މިއީ އަމިއްލަ އެދުމުގެ އިންތިހާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450