Ads by Farudhun

ޚަބަރު

ތިންބޭފުޅުންވެސް ނުކުމެވަޑައިގަތީ އިޚްލާޞްތެރި ނިޔަތެއް އޮވެގެނެއް ނޫން

ތިންބޭފުޅުންވެސް ނުކުމެވަޑައިގަތީ އިޚްލާޞްތެރި ނިޔަތެއް އޮވެގެނެއް ނޫން

ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---

farudhun logo

ފަރުދުން

16 މޭ 2026، 06:20

16 މޭ 2026، 06:20

ސަރުކާރު ޒިންމާދާރު ކުރުވަންކަމަށާއި، ނޫސްވެރިކަމުގެ މިނިކަން ހޯދުމަށްކަމަށާއި އަދި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވުމަށްކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރެއްވުމަށް ގުޅުނު ރައީސް މުޙައްމަދު ނަޝީދު އާއި ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އާއި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަކީ ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރި ބޭފުޅުންތަކެއް ނޫންކަމަށް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްވެއްޖެއެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވިކަން ހާމަކުރެއްވުމަށް ރޭ ބޭއްވެވި ބައްދަލުވުމަށް އަލިއަޅުވާލައްވަމުން ހީނާ ވަނީ އެ ބޭފުޅުންގެ ވެރިކަންތަކުގައި ރައްޔިތުންނާއި ގުޅުންހުރި ބޮޑެތިކަންކަމުގައި އެ ބޭފުޅުން ނިންމެވި ނިންމެވުންތަކާއި، އެކަންކަމުން ޤައުމަށް ލިބުނު ގެއްލުންތައް ޚުލާސާ ގޮތެއްގައި ޚިއްސާ ކުރައްވާފައެވެ.

ނުސީދާ ގޮތަކަށް އެ ބޭފުޅުން ޢަމަލު ކުރެއްވި ގޮތަށް އަލިއަޅުވާލަމުން ހީނާ ވިދާޅުވީ، ތިން ރައީސުންގެ ތެރެއިން އެއް ރައީސަކީ ދައުލަތުގެ އެންމެ އަގުހުރި ރައުސުލްމާލު ދައުލަތަށް ގެއްލުންވާގޮތަށް 25 އަހަރަށް ދޫކޮށްލި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ދިރާގުގެ ޚިއްޞާ ނުއަގުގައި ވިއްކަވާލެއްވި ކަމަށާއި، ފެން ކުންފުނީގެ ޚިއްޞާ ވެސް ވިއްކާލެއްވިކަމަށެވެ. މީގެ އިތުރުން ގިނަ ފަޅު ރަށްތަކެއް ގާތް ބޭފުޅުންނަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ދޫކޮށްލެއްވިކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އެހެން ރައީސެއްގެ ދައުރަށް އަމާޒުކުރައްވައި ހީނާ ވިދާޅުވީ، އެ ބޭފުޅާގެ ވެރިކަމުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 75 މިލިއަން ޑޮލަރު ގެއްލިގެން ދިޔައިރު އެކަން ނޭންގުނު ކަމަށެވެ. މި އިބާރާތުން އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އަލިއަޅުވާލަމުން ހީނާ ވިދާޅުވީ، އެއީ ދިވެހި ދައުލަތުން ހިނގި އެންމެ ބޮޑު ވައްކަން ކަމުގައެވެ.

ތިންވަނަ ރައީސްއަށް ހީނާ ވިދާޅުވީ، އެއީ ދައުލަތުން ގެއްލުނު ފައިސާ ހޯއްދަވާނެކަމަށް ވަޢުދުވެ ވެރިކަމަށް ވަޑައިގެން އެ ވަޢުދު ފުއްދުމުގެ ބަދަލުގައި، ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ބައިތުލްމާލުން ފައިސާ އާއި ފަޅާއި ފަޅުރަށްތައް ބެއްސެވި ބޭފުޅެއް ކަމަށެވެ. 

ތިން ރައީސުންގެ ކަންކަން މިހެން ހުރިއިރު، މި ބޭފުޅުންގެ ނިޔަތާމެދު އިތުބާރު ކުރެވޭނެ ޖާގައެއް ނެތްކަމަށް ހީނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ހީނާ ވިދާޅުވީ، މީގެ ތެރެއިން އެއް ރައީސަކު، އެ ބޭފުޅާގެ ދައުރުގައި ހިނގި ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ މުއައްސަސާތަކުންކަމަށް ވިދާޅުވިއިރު، މި ދައުރުގައި ކޯޓުތަކުން ނެރޭ އަމުރުތަކުގެ ޒިންމާ ނަގަންޖެހޭނީ އަދުގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވިދާޅުވަމުންދާކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ދައުރުތަކުގައި މުވައްސަސާތަކާއި ކޯޓުތަކުން ކުރާ ކަންކަމުގެ ޒިންމާ އެ ތަންތަނުން ނަގަންޖެހޭކަމަށް ބުނުމަކީ ވެސް ހަމަނުޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450