Ads by Farudhun

ޚަބަރު

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ ބާއްވަނީ

މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ ބާއްވަނީ

ރެސްކިއު އޮޕަރޭޝަންގައި ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ---

farudhun logo

ފަރުދުން

16 މޭ 2026، 08:53

16 މޭ 2026، 08:53

ވ. އަތޮޅުގައި ފީނަން ދިޔަ ފަތުރުވެރިންތަކެއް ގެއްލުމާ ގުޅިގެން އެމީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހާމަކޮށްފިއެވެ.

އެގޮތުން މަހުދީގެ މޫނު ދެއްކުން މިރޭގެ 19:00އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިޔަށްދާއިރު މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ 22:00ގައެވެ. 

ކަށުނަމާދަށްފަހު މައްޔިތާ ވަޅުލުމަސް ހަމަޖެހިފައި ވަނީ މާލެ މައްޗަންގޮޅީ އާސަހަރާގައެވެ.

ވ. އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެ ސަފާރީގެ ޑައިވިން އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނުނު ނަމަވެސް، ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެނެއެވެ. ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450