Ads by Farudhun

ޚަބަރު

ޑައިވިން ހާދިސާއާ ގުޅިގެން ހާރިޖީ ވަޒީރު އިޓަލީގެ އެމްބެސެޑަރާ ބައްދަލުކުރައްވައިފި

ޑައިވިން ހާދިސާއާ ގުޅިގެން ހާރިޖީ ވަޒީރު އިޓަލީގެ އެމްބެސެޑަރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިޓަލީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުން / ފޮޓޯ: ހާރިޖީ ވުޒާރާ

farudhun logo

ފަރުދުން

17 މޭ 2026، 12:40

17 މޭ 2026، 12:40

ވާވު އަތޮޅުގައި ޑައިވްކުރަނިކޮށް އިޓަލީގެ ފަތުރުވެރިންތަކެއް ގެއްލުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިޓަލީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑެމިއަނޯ ފްރޭންކޮވިގްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރުތިޝާމް ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހު ހިނގާފައިވާ މި ހާދިސާއާ ގުޅިގެން، މިހާތަނަށް ނުފެނިވާ އިޓަލީގެ ފަތުރުވެރިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ. 

މީގެ އިތުރުން، ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވުމަކީ ލިބުނު ބޮޑު ހިތާމައެއްކަން ފާހަގަކުރައްވައި، އެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރެއްވިއެވެ. 



އިޓަލީގެ އެމްބެސެޑަރ މިކަމާ ގުޅިގެން ވިދާޅުވީ، ސްޓާފް ސާރޖަން ނިޔާވުމާ ގުޅިގެން ދިވެހި ދައުލަތަށާއި އެމްއެންޑީއެފްއަށް ތަޢުޒިޔާ ވިދާޅުވިކަމަށް ވެސް ހާރިޖީ ވަޒީރު ހާމަކުރެއްވިއެވެ.

އަދި މި ބައްދަލުވުމުގައި، މި ހާދިސާއާ ގުޅިގެން ދެ ޤައުމުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެވުނުކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450