Ads by Farudhun

ޚަބަރު

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާކުރަން ޖެހޭ: މެމްބަރު މުހައްމަދު އިސްމާއީލް

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާކުރަން ޖެހޭ: މެމްބަރު މުހައްމަދު އިސްމާއީލް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ފޮޓޯ: ޕީއެންސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 10:40

17 މޭ 2026، 10:40

ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މިފަދައިން ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ބައްދަލުވުމަކަށް ފަހު، މާލޭގެ މަގުތަކަށް ނުކުމެ ފުލުހުންގެ ސަފުތައް ފަޅާލައި ހިންގި ހަރަކާތްތަކާ ގުޅިގެންނެވެ. އެ ބޭފުޅުން މަގުމައްޗަށް ނުކުމެވަޑައިގަތީ ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރަމުންނެވެ.

މި މުޒާހަރާގައި އެމްޑީޕީއާއި ޕީއެންއެފްގެ ސަޕޯޓަރުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއަކާއެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު އަދާކުރައްވާފައިވާތީ ޝަރަފްވެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާރު ފެންނަމުންދަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ތަކުރާރުކޮށް އެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މަގުތަކަށް ނެރެ، ބައިބައިކޮށް ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވަމުން މެމްބަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން އަލުން މުރާޖާކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސިޔާސީ އެކި ހަރަކާތްތަކުގައި ފުލުހުންނަށް އަނިޔާކޮށް، ގާނޫނީ ވާޖިބަށް ހުރަސްއަޅާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ގައުމުގެ އެންމެ މަތީ ވެރިކަން ކުރެއްވި ތިން ބޭފުޅަކު އިސްވެ ހުންނަވައި ފުލުހުންނާ ކުރިމަތިލެއްވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450