ޚަބަރު
އިއްޔެ ހުވާކުރަން ގޭގައި ބޭންދި މޭޔަރު މިއަދު ރައީސްގެ މަޤާމުގައި ހުންނަވައި، ލާމަރުކަޒީ ނިޒާމަށް ދެއްވި އިސްކަމަކީ ނަމޫނާއެއް- އެމްޕީ ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ފޮޓޯ: އެޓޯލް ޓައިމްސް
މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
މެމްބަރު ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މީގެ ފަސް އަހަރު ކުރިން މާލޭގެ ރައްޔިތުން 11 އަހަރަށްފަހު އެމް.ޑީ.ޕީގެ އަތުން މާލެ ސިޓީ ކައުންސިލް މިނިވަންކޮށް، އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޓީމާ ކައުންސިލް ހަވާލުކުރި ތާރީޚީ ދުވަހުގެ ހަނދާންތައް މިއަދު އާވެގެންދެއެވެ.
އެ ދުވަހުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، އޭރު އޮތް އެމް.ޑީ.ޕީ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަން ހުއްޖަތަކަށް ދައްކައި، މޭޔަރު މުޢިއްޒާއި ކައުންސިލަރުން ހުވާކުރަން ޖެއްސީ ގޭބަންދުގައި ތިބެގެން ކަމަށެވެ.
ނަމަވެސް ކޮވިޑްގެ ނުރައްކާތެރި ހާލަތެއް އެއިރަކު ނެތް. ފުރަތަމަ ދަރުބާރު ބާއްވަން ދަރުބާރުގެ ވެސް ހަމަޖެއްސެވި. ފަހުން އެ ފުރުޞަތުވެސް އެމް.ޑީ.ޕީ ސަރުކާރުން ބަންދުކުރީ،
މެމްބަރު ޝުޖާއު
ނަމަވެސް، މިއަދު ފެނިގެންދިޔަ މަންޒަރު މުޅިން ތަފާތުކަން ޝުޖާއު ފާހަގަކުރެއްވިއެވެ. މިއަދު މާލޭގެ ރައްޔިތުން މާލެ ސިޓީ ކައުންސިލް އެމް.ޑީ.ޕީއާ ހަވާލުކޮށްފައިވީ ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންގެ އެ ނިންމުމަށް އިޙްތިރާމްކޮށް، މޭޔަރާއި ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އިއްޔެ ހުވާކުރަން ގޭގައި ބޭންދި މޭޔަރު މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި، ލާމަރުކަޒީ ނިޒާމަށް ދެއްވި އިސްކަމަކީ ނަމޫނާއެކެވެ. އެގޮތުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެންމެ ފުރިހަމަ އިމާރާތުގައި މި ބޮޑު ދަރުބާރު ބޭއްވުމަށް މަގުފަހިކޮށްދެއްވުމަކީ ރައީސް މުޢިއްޒަކީ މި ނިޒާމުގެ ހަޤީޤީ ޗެމްޕިއަންކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެން ދޭހަކޮށްދެނީ މިނިޒާމުގެ ހަޤީޤީ ޗެމްޕިއަނަކީ ރައީސް ޑރ. މުޢިއްޒު ކަން. ޝުކުރިއްޔާ ރައީސް،
މެމްބަރު ޝުޖާއު
އަޅުގަނޑުގެ ހަނދާނަށް އަންނަނީ މީގެ 5 އަހަރު ކުރި މިއަދެވެ.މާލޭގެ ލޮބުވެތި ރައްޔިތުން 11 އަހަރަށްފަހު MDP އަތުން މާލެ ސިޓީކައުންސިލް މިނިވަންކޮށް މޭޔަރ މުޢިއްޒާއެކު އެމަނިކުފާނުގެ ޓީމަށް މާލެ ސިޓީކައުންސިލް ހަވާލުކޮށް ހުވާކުރި ދަރުބާރު ބޭއްވުނު ތާރީޚީ ދުވަހުގެ މަތިމްނެވެ.
— Ibrahim Shujau (@IbrahimShujaau) May 17, 2026
ކޮވިޑް… pic.twitter.com/mgbwMHHPeT