Ads by Farudhun

ޚަބަރު

ގެގް އޯޑަރު ބާޠިލްކުރުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

ގެގް އޯޑަރު ބާޠިލްކުރުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި

ދިވެހިރާއްޖޭގެ ހައި ކޯޓު / ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2026، 06:35

17 މޭ 2026، 06:35

"އަދަދު" ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު ބާތިލްކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ހައިކޯޓުން ނިންމީ އެމްޖޭއޭއަކީ އެ މައްސަލައިގެ ހަސްމަކަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ޤާނޫނީ ހައްގު އެ ޖަމިއްޔާއަށް ލިބިގެންނުވާ ކަމަށެވެ.

މި މައްސަލައިގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު މިހާރު ތިބީ ޖަލު ބަންދުގައެވެ. އެމްޖޭއޭގެ ނައިބު ރައީސް ޝަހުޒާން 15 ދުވަހަށް ޖަލަށްލާން އަމުރުކުރިއިރު، ލީވާން ޖަލަށްލާން ނިންމީ 10 ދުވަހަށެވެ. މި ނިންމުންތަކާ ގުޅިގެން އެމްޖޭއޭއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓުގެ މި އަމުރުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤަށް ހުރަސްއެޅެއެވެ. އަދި މިއީ ބައިނަލްއަޤުވާމީ މިންގަނޑުތައް ކަމަށްވާ ލީގަލިޓީ އާއި ޕްރޮޕޯޝަނަލިޓީއާ ޚިލާފު އަމުރެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކޯޓުގެ ގެގް އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި، މުޖުތަމައުގެ ތެރޭގައި އެ ވީޑިއޯ ދައުރުކުރުން މަނާކޮށްފައެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމުންނާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ވެސް ވަނީ މަނާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450