Ads by Farudhun

ޚަބަރު

ސޭޝެލްގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ސޭޝެލްގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ސޭޝެލްގެ ހާރިޖީ ވަޒީރު ފުރާވަޑައިގެންނެވުން / ފޮޓޯ: ހާރިޖީ ވުޒާރާ

farudhun logo

ފަރުދުން

17 މޭ 2026، 07:56

17 މޭ 2026، 07:56

ސޭޝެލްގެ ހާރިޖީ ވަޒީރު، ބެރީ ފޯރ، ދިވެހިރާއްޖެއަށް ކުރެއްވި ތާރީޙީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. 

މިއީ ސޭޝެލްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހާރިޖީ ވަޒީރު، ބެރީ ފޯރ ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކީ، މިމަހުގެ 15 ގައި އަމަލުކުރަން ފެށި، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ކުރު މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެއެވެ.



މި ދަތުރުފުޅުގެ ތެރެއިން ސޭޝެލްގެ ހާރިޖީ ވަޒީރު ވަނީ ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވި "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުން ކުރިޔަށްގެންދެވި ހަރަކާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450