ދުނިޔެ

ޕްރެޝަރާ ހުރެ މިނިވަން ދިރިއުޅުން ދޫކޮށެއް ނުލާނަން: ޓައިވާންގެ ރައީސް

ޕްރެޝަރާ ހުރެ މިނިވަން ދިރިއުޅުން ދޫކޮށެއް ނުލާނަން:  ޓައިވާންގެ ރައީސް

ޓައިވާނުގެ ރައީސް ވިލިއަމް ލައި ޗިންގް-ތޭ. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2026، 10:24

17 މޭ 2026، 10:24

ޓައިވާނުގެ މިނިވަންކަމާއި ސިޔާދަތު ދޫކޮށްލުމަށް ކުރިމަތިކުރާ އެއްވެސް ފިއްތުމަކަށް ދޫނުދޭނެ ކަމަށް އެ ޤައުމުގެ ރައީސް ވިލިއަމް ލައި ޗިންގް-ތޭ ވިދާޅުވެއްޖެއެވެ.

 ރައީސް ލައި މިހެން ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ޓައިވާނުގެ މައްސަލައަކީ މައިގަނޑު އެއް މައުޟޫއަށް ވެފައިވާ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ލައި ވިދާޅުވީ ޓައިވާނުން ކުރިމަތިލުންތަކަށް މަގުފަހިވާނެ ކަންކަން ނުކުރާނެ ކަމަށާއި، ނަމަވެސް ޕްރެޝަރާ ހުރެ ގައުމުގެ ސިޔާދަތާއި، ކަރާމާތާއި، އަދި ޑިމޮކްރެޓިކް މިނިވަން ދިރިއުޅުން ދޫކޮށް ނުލާނެ ކަމަށެވެ. އަދި ޓައިވާނަކީ އަބަދުވެސް ސަރަޙައްދީ ހަމަޖެހުން ދަމަހައްޓާ ގައުމެއް ކަމަށާއި، ސަރަޙައްދީ ނުތަނަވަސްކަމުގެ އަސްލަކީ ޗައިނާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމެރިކާ އާއި ޗައިނާގެ މަޝްވަރާތައް

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި ބައްދަލުވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޓައިވާނުން މިނިވަންކަން އިޢުލާން ކުރުމަށް އޭނާ ބޭނުންފުޅު ނުވާ ކަމަށެވެ. ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޝީ ވިދާޅުވީ ތައިވާނުގެ މައްސަލައަކީ ޗައިނާ އާއި އެމެރިކާގެ ގުޅުމުގައި އޮތް އެންމެ މުހިންމު މައްސަލަ ކަމަށެވެ.

ޝީ އިތުރަށް އިންޒާރު ދެއްވި ގޮތުގައި، މި މައްސަލަ ރަނގަޅަށް ބަލަހައްޓާފައި ނުވާނަމަ، ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުމެއް ހިނގައި، މުޅި ގުޅުން ނުރައްކާތެރި ހާލަތަކަށް ގޮސްދާނެއެވެ. ޗައިނާއިން ދެކޭގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. އަދި ބޭނުންވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން ވެސް ޓައިވާން ޗައިނާގެ ދަށަށް ގެންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ އެހީތެރިކަމާއި ޓައިވާނުގެ ދިފާއު

އެމެރިކާގެ ކޮންގްރެސްއިން ޓައިވާނަށް ދިނުމަށް ފާސްކޮށްފައިވާ 11 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީއާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. "އަދި އަޅުގަނޑު އެކަން ފާހެއް ނުކުރަން. ވާގޮތެއް ބަލާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ލައި ވިދާޅުވީ ޓައިވާނާއި އެމެރިކާއާ ދެމެދު އޮންނަ ސަލާމަތީ އެއްބާރުލުމާއި ހަތިޔާރު ވިއްކުމަކީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް އޮތް އެންމެ މުހިންމު ބަހާ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމެރިކާއިން ޓައިވާނަށް ވެފައިވާ ވައުދެއް ނޫން ކަމަށާއި، މިއީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450