ޚަބަރު
ބުދަ ދުވަހުގެ އެއްވުމުން ހައްޔަރު ކުރި މީހުންގެ ތެރެއިން ޖުމްލަ 7 މީހުން ދޫކޮށްލައިފި
އެއްވުމެއްގެ ތެރެއިން، ފޮޓޯ: ސަން އޮންލައިން
ފަރުދުން
17 މޭ 2026، 11:00
17 މޭ 2026، 11:00
މި މަހުގެ 13ވަނަ ދުވަހުގެރޭ މާލޭގައި ކުރިޔަށްދިޔަ އެއްވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 7 މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ..
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، އެ އެއްވުމުގެ ތެރެއިން ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި 2 އަންހެނުންނެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު އެ ރޭ ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ދެންތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް، އެކަކު 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެތެރެއިން 3 ދުވަހަށް ބަންދުކުރި މީހާ އެ މުއްދަތު ހަމަވުމުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ އެ މުވައްސަސާއިން މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.