ވިޔަފާރި / ޚަބަރު

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށައިފި

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށައިފި

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރު ފެށުން ފޮޓޯ: މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2026، 09:07

18 މޭ 2026، 09:07

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރާ ތާރީޚީ ފުރަތަމަ ސީދާ ދަތުރު ރަސްމީކޮށް ފަށައިފިއެވެ. މިއީ އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުނު ފުރަތަމަ ފަހަރެވެ.

މި ތާރީޚީ ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330 (A330) މަރުކާގެ ބޯޓެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މާކެޓް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ދަތުރުތަކުގެ ތަފުސީލު:
މޯލްޑިވިއަނުން ހަފުތާއަކު އެއް ދަތުރު މެލްބަންއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން އޮސްޓްރޭލިއާއަށް: ކޮންމެ އާދިއްތަ ދުވަހަކު.
އޮސްޓްރޭލިއާއިން ރާއްޖެއަށް: ކޮންމެ އަންގާރަ ދުވަހަކު.
ދަތުރުގެ ދިގުމިން: 11 ގަޑިއިރު.


މި ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަހަރެއްގެ ތެރޭގައި 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. މީގެ އިތުރުން، މިއީ ދައުލަތުގެ އާމްދަނީއަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އެގޮތުން، މި ދަތުރުތަކުގެ ސަބަބުން ދައުލަތުގެ ޓެކްސް އާމްދަނީއަށް އަހަރަކު 10 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މޯލްޑިވިއަނުން އަންދާޒާކުރެއެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ފަޚުރުވެރި ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ސިފަކުރެއެވެ. އޮސްޓްރޭލިއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓަކަށް ވާއިރު، މި ފެށުނު ސީދާ ދަތުރުތަކާއެކުދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450