ވިޔަފާރި / ޚަބަރު
އަޟްޙާ އީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މި މަހުގެ 28 ގައި: އެމް.އެމް.އޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މިއަހަރުގެ އަޟްޙާ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ވިދާޅުވެއްޖެއެވެ.
އެމް.އެމް.އޭ އިން ހާމަކުރައްވާފައިވާ ގޮތުގައި، މި މަހުގެ 24 އިން 30 އަށް ސަރުކާރު ބަންދުވުމާ ގުޅިގެން ބޭންކިންގ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 28 ވާ ބުރާސްފަތި ދުވަހު އެކަންޏެވެ. އެ ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.
ބޭންކުތައް ހުޅުވި ނަމަވެސް، އެ ދުވަހު އާންމުންނަށް ވަކިލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާކަމަށް އެމް.އެމް.އޭ އިން ވިދާޅުވިއެވެ. އެހެންކަމުން، މި ހިނގާ ހަފުތާގެ ތެރޭގައި އަޟްޙާ އީދުގެ ބަންދުގައި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ މިންވަރަށް ވަކިލާރިއާއި ނަގުދު ފައިސާ ކުރިއަށްލާ ހޯއްދެވުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
މިއަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން ގިނަ ދުވަސްތަކެއް ބަންދުވާ އިރު، މިއަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. އަދި އީދު ބަންދާ ގުޅިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.