Ads by Farudhun

ޚަބަރު

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް

އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް

ވާރޭ ވެހެނީ/ފޮޓޯ: ދަޕްރެސް

18 މޭ 2026، 01:32

އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަޙައްދުތަކަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ލަފާކުރާގޮތް ހާމަކުރައްވަމުން މެޓުން ވިދާޅުވީ، އެ ސަރަޙައްދަށް ގަޑިޔަކު 8 މޭލާއި، 18 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓުގައި ދެމެދުގައި ހުންނާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ހަމަ އެއާއެކު، އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުގެ ކަނޑުތައް ވެސް ދަގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓުގައި ކަމަށްވެސް މެޓުން މަޢުލޫމާތުދެއްވައެވެ.

މެޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 29 މިލިލީޓަރުގެ ވާރޭވަނީ ވެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450