ޚަބަރު
ގެއްލުނު 4 އިޓަލީ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ!
ކުއްލި ޚަބަރު ފޮޓޯ: ފަރުދުން އިމޭޖަސް
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު، ގިނަ ދުވަސްތަކެއްގެ ހޯދުންތަކަށްފަހު ފެނިފައިވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ކަށަވަރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި، މި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން އުޅުނު ސަރަހައްދުގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެކެވެ.
މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ވެސް ރާއްޖެ އައިސް މި އޮޕަރޭޝަނުގައި ބައިވެރިވެފައިވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ތަކެތި ހޮހަޅައިގެ ތެރެއިން ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
(އިތުރު ތަފްސީލް އަންނަނީ....)
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ވަނީ ލޮކޭޓްކުރެވިފައި. (1/2)
— Maldives National Defence Force (@MNDF_Official) May 18, 2026