ދުނިޔެ

ޣައްޒާގައި ހިންގަމުންދާ ކަންކަން ދިފާޢުކުރާމީހުންނަކީ ޤަތުލްޢާންމަށް ތާއީދުކުރާމީހުން: ހަވިއޭ ބާޑެމް

ޣައްޒާގައި ހިންގަމުންދާ ކަންކަން ދިފާޢުކުރާމީހުންނަކީ ޤަތުލްޢާންމަށް ތާއީދުކުރާމީހުން: ހަވިއޭ ބާޑެމް

ހަވިއޭ ބާޑެމް. ފޮޓޯ: އޭޕީ ފޮޓޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2026، 03:52

18 މޭ 2026، 03:52

ޣައްޒާގައި ހިންގަނީ ގަތުލުއާންމެއް ކަމަށާއި އެކަން ދިފާއުކުރާ މީހުންނަކީ ގަތުލުއާންމަށް ތާއީދުކުރާ ބައެއް ކަމަށް ހަވިއޭ ބާޑެމް ބުނެފިއެވެ.

މަޝްހޫރު ފިލްމީ ތަރި ހަވިއޭ ބާޑެމް ބުނި ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް އޭނާ ފާޅުކުރަމުންދާ ޝުއޫރުތަކުގެ ސަބަބުން އޭނާއަށް ލިބޭ މަސައްކަތްތައް މަދުވުމުގެ ބަދަލުގައި މިހާރު ލިބޭ ފުރުސަތުތައް ވަނީ އިތުރުވެފައެވެ. ކާން ފިލްމް ފެސްޓިވަލްގައި އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ބާޑެމް ބުނީ ޣައްޒާއާ މެދު ދުނިޔޭގެ ވިސްނުން ނުވަތަ "ނެރެޓިވް" ބަދަލުވަމުންދާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ގަތުލުއާންމެއް ކަމަށް ސިފަކުރަމުން ބާޑެމް ބުނީ އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. އަދި އެކަން ދިފާއުކުރަން މަސައްކަތްކުރާ ނުވަތަ އެކަމާ މެދު ހަނު ތިބޭ މީހުންނަކީ ގަތުލުއާންމަށް ތާއީދުކުރާ ބައެއް ކަމަށް އޭނާ ތުހުމަތުކުރިއެވެ. "ތިބާއަށް އެކަމާ ދެކޮޅުވެވިދާނެ، ނުވަތަ އެކަން ދިފާއުކުރެވިދާނެ. އެކަމަކު ހަނުހުރެގެން ނުވަތަ ތާއީދުކޮށްގެން އެކަން ދިފާއުކުރާ ނަމަ، ތިބާއީ ގަތުލުއާންމަށް ތާއީދުކުރާ މީހެއް،" އޭނާ ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި އޮސްކާ އެވޯޑް ހަފުލާގައި ވެސް ބާޑެމް ވަނީ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާފައެވެ. ފަލަސްތީނުގެ ހައްގުގައި ވާހަކަދައްކާ ބައެއް ފަންނާނުންނަށް ހޮލީވުޑުން ފުރުސަތުތައް ބަންދުކުރަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވީ ނަމަވެސް، ބާޑެމް ބުނީ އޭނާއަށް އެފަދަ ބިރެއް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުރިން މި ވާހަކަތައް ކޮންޓްރޯލް ކުރި ފަރާތްތަކުގެ ބާރު މިހާރު ވަނީ ކެނޑިފައެވެ.

މީގެ އިތުރުން ބާޑެމް ވަނީ ދުނިޔޭގެ ބައެއް ލީޑަރުންގެ އަމަލުތަކަށް ވެސް ފާޑުކިޔާފައެވެ. އެގޮތުން ޑޮނަލްޑް ޓްރަމްޕް، ލަޑީމިއާ ޕޫޓިން އަދި ބެންޖަމިން ނަތަންޔާހޫގެ ނަން ފާހަގަކޮށް، އެ ބޭފުޅުންގެ ފަރާތުން ފެންނަނީ ނުރައްކާތެރި ފިރިހެންވަންތަކަމެއްގެ ސިފަތަކެއް ކަމަށާއި، އޭގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ބާޑެމް އަކީ ބާލިން ފިލްމް ފެސްޓިވަލުން ޣައްޒާގެ މައްސަލައިގައި ހަނު އޮތުމުން އެކަން ކުށްވެރިކޮށް ސޮއިކުރި 100 އަށް ވުރެ ގިނަ ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުން ހުއްޓުވަންޖެހޭ ކަންކަން ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450