Ads by Farudhun

ޚަބަރު / ވިޔަފާރި

ބޭންކިންގ ވިޔަފާރި ކުރުމުގެ ޙުއްދަ އަމިއްލަ ކުންފުންޏަކަށް ދީފި

ބޭންކިންގ ވިޔަފާރި ކުރުމުގެ ޙުއްދަ އަމިއްލަ ކުންފުންޏަކަށް ދީފި

ބޭންކިންގ ވިޔަފާރި ކުރުމުގެ ހުއްދަ އަމިއްލަ ކުންފުންޏަކަށް ދިނުން. ފޮޓޯ: އެމްއެމްއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2026، 06:34

18 މޭ 2026، 06:34

ދިވެހިރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރި ކުރުމަށްޓަކައި އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް ބޭނުންވާ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން ދޫކޮށްފިއެވެ.

މި ލައިސަންސް ދޫކޮށްފައިވަނީ 9 މެއި 2025 ގައި 'ޓިއަރ 1' ބޭންކެއް ޤާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ޙުއްދައިގެ ދަށުން، އެމް.އެމް.އޭއިން ކަނޑައެޅި ޝަރުތުތައް އެ ކުންފުނިން ފުރިހަމަކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން ބޭންކުގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާއެކު، ރަސްމީކޮށް ލައިސަންސް ދޫކޮށްފައިވަނީ 18 މޭ 2026 ގައެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް އެމް.އެމް.އޭއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

އެމް.އެމް.އޭގެ މައިގަނޑު މަޤްޞަދަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހިރާއްޖޭގައި ދެމެހެއްޓުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450