Ads by Farudhun

ޚަބަރު

އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށް ފިލި މީހާ ހޯދައިފި

އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށް ފިލި މީހާ ހޯދައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް / ފޮޓޯ: ސަން

farudhun logo

ފަރުދުން

18 މޭ 2026، 10:16

18 މޭ 2026، 10:16

ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އެމީހާ ފިލުމާ ގުޅިގެން، އޭނާ ހޯދުމަށް ކުރި މަސައްކަތް ފުލުހުން ކާމިޔާބުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އެ މީހާ ފިލީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. 

އަދި އޭނާ ހޯދުމަށް ކުރިމަސައްކަތުން، ފިލިތާ ފަސް ދުވަސް ފަހުން، މިއަދު އޭނާ ފެނިފައިވާކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ފުލުހުން ޙިއްޞާކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ހޯދިއިރު ހުރިތަނެއް ވެސް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނީ، އޭނާ ފިލި މައްސަލަ އިތުރު މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450