ޚަބަރު
އައްބާސްގެ އިތުރުފުޅު ހާމަވުމުން އެކްސްގައި ކުރެއްވި ޕޯސްޓް ޑިލީޓްކުރައްވައިފި
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް / ފޮޓޯ: މަޖިލީހުގެ އިދާރާ
ފަރުދުން
19 މޭ 2026، 08:02
19 މޭ 2026، 08:02
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ހެލްތު މިނިސްޓަރީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާތީ ލިބޭ އާމްދަނީއާ ގުޅިގެން ހެއްދެވި އިތުރުފުޅު ހާމަވުމުން އެ ޕޯސްޓު އެކްސްއިން ޑިލީޓްކުރައްވައިފިއެވެ.
ޑިލީޓް ކުރެއްވި ޕޯސްޓުގައި އައްބާސް ވިދާޅުވެފައި ވަނީ، ފަސްޓްލޭޑީއަށް ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ގޮތުން، 6 މަސްދުވަހުން 5 މިލިއަން ރުފިޔާ ދީފައި ވާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން އާދީއްތަ ދުވަހު އާންމުކުރެއްވިއިރު މިއީ ބޮޑު އިތުރުފުޅެއްކަން ވަނީ ހާމަވެފައެވެ.
އެ ބަޔާނުގައިވާ ގޮތުން މެޑަމް ސާޖިދާއަށް 6 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތުން ކޮންސަލްޓަންޓެއްގެ ގޮތުން ލިބިލެއްވީ 4،927.32ރ. (ހަތަރު ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ބައްތިރިސް ލާރި)އެވެ. އެހެންކަމުން އެއީ މަހަކަށް 821.22ރ. (އަށްސަތޭކަ އެކާވީސް ރުފިޔާ ބާވީސް ލާރި)އެވެ.
އައްބާސްމެން މިހެން ކިތައް ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލާނެބާ ؟
— Ibrahim Abaan Abdul Latheef (@IbrahimAbaann) May 18, 2026
މަހަކު 820 ވަރަކަށް ރުފިޔާ، 6 މަހުން 4927 ރުފިޔާ ފަސްޓްލޭޑީއަށް ލިބިފައިވަނީ. މާލީ ބަޔާން އެއޮތީ ސާފުކޮށް ފެންނަން.
ކާކަށް ކޯޗެއް އޮޅުވާލަންތޯ ތިއުޅުއްވަނީ އައްބާސް ؟ https://t.co/saqup070zo pic.twitter.com/aX7ZQhpCxh
ސަރުކާރާއި އިދިކޮޅުގައި ތިބެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މިފަދަ ދޮގުތައް ފެތުރުން މިވަނީ އާންމުކަމަކަށް ވެފައެވެ. މިކަމުގައި އޮތް އެންމެ ބޮޑު ދެރައަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ވެސް މިފަދަ ޢަމަލުތައް ފެނުމެވެ.