ވިޔަފާރި / ޚަބަރު

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުގެ ފުރަތަމަ ފްލައިޓް 240 ފަތުރުވެރިންނާއެކު ރާއްޖެއަށް

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުގެ ފުރަތަމަ ފްލައިޓް 240 ފަތުރުވެރިންނާއެކު ރާއްޖެއަށް

މޯލްޑިވިއަންގެ ފްލައިޓް މެލްބަންއިން ފުރައިގެން އަނބުރާ ރާއްޖެ އައުމުން ފަތުރުވެރިންނަށް މަރުޙަބާ ކިއުން ފޮޓޯ: މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2026، 11:09

19 މޭ 2026، 11:09

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ސީދާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ރާއްޖެއަށް އަތުވެއްޖެއެވެ. މިއީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރެވުނު ފުރަތަމަ ފަހަރެވެ.

މެލްބަންއިން ފުރައިގެން އައި މި ފްލައިޓުން ޖުމްލަ 240 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ތާރީޚީ ދަތުރު ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ދިވެހި ސަގާފީ ބޮޑުބެރާއި ގައުމީ މަރުހަބާއަކުންނެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައި ކުރާ މި ދަތުރުތައް ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހަކު ރާއްޖެއިން އޮސްޓްރޭލިއާއަށް ފްލައިޓް ފުރާއިރު، އެނބުރި ރާއްޖެއަށް އަންނާނީ އަންގާރަ ދުވަހުއެވެ. މިއީ ގާތްގަނޑަކަށް 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.

މި ދަތުރުތައް ފެށުމާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ މާކެޓް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމަކީ މި ސީދާ ދަތުރުތައް ފެށި މައިގަނޑު ސަބަބެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރޭލިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 18,066 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަނުން ލަފާކުރާ ގޮތުގައި މި ދަތުރުތަކުގެ ސަބަބުން އަހަރަކު އިތުރު 11,000 ފަތުރުވެރިން އޮސްޓްރޭލިއާއިން ރާއްޖެއަށް ގެނެވޭނެއެވެ. މި ދަތުރުތަކަށް އޮތް ޑިމާންޑް މިހާރުވެސް ވަރަށް ބޮޑުކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، ކުރިއަށް އޮތް ފްލައިޓްތަކުގެ 50 އިންސައްތަ މިހާރުވެސް ބުކްވެފައިވާ ކަމަށާއި، ފުރަތަމަ ތިން ފްލައިޓް އެއްކޮށް ފުރިފައިވާ ކަމަށެވެ.

މި އައު ދަތުރުތަކާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބި، އޮސްޓްރޭލިއާ ފަދަ ދުރު މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450