Ads by Farudhun

ޚަބަރު

ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި "ސްޕޯޓްސް ޕާކު" ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި "ސްޕޯޓްސް ޕާކު" ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ނެއިބަރހުޑް 1 ގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2026، 11:48

19 މޭ 2026، 11:48

ހުޅުމާލޭ ނެއިބަރހުޑް 1 ގެ ރައްޔިތުން ކުޅިވަރު ކުޅުމަށް ބޭނުންކުރާނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތުމުގެ ޝަކުވާއަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދުގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރނަރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. މި ޕާކު ހުޅުވުމުގެ ގޮތުން ރޭ ވަނީ އެތަނުގައި ހިމެނޭ ތިން ދަނޑުގައިވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ނެއިބަރހުޑް 1 ގައި އަލަށް ހުޅުވި މި ސްޕޯޓްސް ޕާކުގައި ކުޅިވަރުގެ ތިން ވަސީލަތެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ފުޓްސެލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ބާސްކެޓްބޯލް ހާފް ކޯޓެއް ހިމެނެއެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ތަނެކެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ނެއިބަރހުޑް 1 ގެ ރައްޔިތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ފެށި މަސައްކަތެކެވެ. އެ ޖަލްސާގައި ރައްޔިތުން ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް އެ ސަރަހައްދުގައި ނެތުމެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ އިސްކަމާއެކު، އެޗްޑީސީން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމާފައެވެ.

ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ނެއިބަރހުޑް 1 ގެ ކޮމިއުނިޓީ ރިޕްރެޒެންޓޭޓިވް، ނައީމް ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ އެދުމަށް އިޖާބަދެއްވައި މިފަދަ ފުރިހަމަ ވަސީލަތެއް ގާއިމުކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތް ހަލުވިކަމާއެކު ނިންމައިދެއްވީތީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރަށާއި އެ ކޯޕަރޭޝަނުގެ މުވައްޒަފުންނަށްވެސް  ވަނީ ޝުކުރު ދަންނަވާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450