Ads by Farudhun

ޚަބަރު

އުސޫލަށް ގެނައި ބަދަލާއެކު ގިނަ ދަރިވަރުންތަކެއް އިމްތިހާނު ފުރިހަމަކޮށް މިއަދު ނަތީޖާ ލިބިއްޖެ

އުސޫލަށް ގެނައި ބަދަލާއެކު ގިނަ ދަރިވަރުންތަކެއް އިމްތިހާނު ފުރިހަމަކޮށް މިއަދު ނަތީޖާ ލިބިއްޖެ

ފޮޓޯ: ފަރުދުން ގްރެފިކްސް ޑިޒައިން

farudhun logo

ފަރުދުން

19 މޭ 2026، 01:50

19 މޭ 2026، 01:50

މިދިޔަ ޖަނަވަރީ މަހު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި ކެމްބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ދޫކުރަން ފަށައިފި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ހާމަކޮށްފިއެވެ.

ނަތީޖާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޑީޕީއީއިން ވަނީ ނަތީޖާއާ ހަވާލުވުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން،

  • ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ނަތީޖާ ބަލާދާނަމަ، ދަރިވަރުގެ އައިޑީކާޑުގެ އަސްލާއި ނަތީޖާއާ ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންދަން ޖެހޭނެ

މިއަހަރުގެ އިމްތިހާނުތައް 28 ޖަނަވަރީގައި ފަށާފައިވާއިރު މިފަހަރުގެ އިމްތިހާނަކީ ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އިމްތިހާނެކެވެ. ޖުމްލަ 8,218 ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެފައިވާއިރު، މުޅި ރާއްޖޭގައި 267 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި މާލޭގެ 21 ސެންޓަރަކާއި، އަތޮޅުތެރޭގެ 246 ސެންޓަރެއް ހިމެނެއެވެ.

މިފަހަރުގެ އިމްތިހާނަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން އިމްތިހާނު އުސޫލަށް ގެނައި މުހިންމު ބަދަލަށްފަހު ބޭއްވުނު ފުރަތަމަ ބޮޑު އިމްތިހާނެވެ. އައު އުސޫލުގެ ދަށުން، މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގެ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ވަނީ ފަހިކޮށްދީފައެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައި، މޮކް އިމްތިހާނުން ފާސްނުވާ ދަރިވަރުން އިމްތިހާނުގައި ބައިވެރިވާން ޖެހެނީ އަމިއްލަ ޚަރަދުގައެވެ. ނަމަވެސް، މިހާރު މޮކް އިމްތިހާނުގެ ނަތީޖާއަށް ބެލުމެއްނެތި، މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވުމަކީ ކޮންމެ ދަރިވަރަކަށް ލާޒިމްކަމެއްގެ ގޮތުގައި ކަނޑައަޅައި، އެ މާއްދާތަކުގެ ފީ ސަރުކާރުން ދައްކާގޮތަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލުގެ ސަބަބުން މާލީ ދަތިތަކާ ހުރެ އިމްތިހާނު ފުރިހަމަނުކުރެވި ތިބި ގިނަ ދަރިވަރުންތަކަކަށް ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450