Ads by Farudhun

ޚަބަރު

ކޭވްގެ ތެރެއިން ދެ ހަށިގަނޑު ނަގައިފި

ކޭވްގެ ތެރެއިން ދެ ހަށިގަނޑު ނަގައިފި

ކަނޑުއަޑިން ހަށިގަނޑުތައް ނެގުމަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން---

19 މޭ 2026، 04:01

ކަނޑުއަޑީގެ ކޭވްއަކަށް ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.

މި އޮޕަރޭޝަން ކުރިޔަށްގެންގޮސްފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޓީމުންނެވެ. މި ޓީމުގައި ތިން ޑައިވަރުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތުގެ ޑައިވަރުން މި އޮޕަރޭޝަނުގައި ވަނީ އެހީތެރިވެދީފައެވެ.

ޑައިވިން ކުރަނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑުވެސް ވަނީ ހޯމަދުވަހު ހޯދާފައެވެ. ގެއްލުނު ޑައިވަރުން ލޮކޭޓުކުރީ މިފަދަ ކަންކަމަށް ޚާއްޞަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޮހަޅައިގެ ފުނަށް ތަޖުރިބާކާރު ޑައިވަރުން ފީނައިގެން ކަމަށް، އެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން)އިން ހޯމަދުވަހު ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބާކީ އޮތް ދެ ހަށިގަނޑު ނެގުމުގެ އޮޕަރޭޝަން ކުރިޔަށްގެންދާނީ މާދަމާއެވެ. އަދި މިއަދު ނެގީ އެ ހާދިސާގައި މަރުވި އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން އަންހެނެއްގެ ހަށިގަނޑެވެ. 

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450