Ads by Farudhun

ޚަބަރު

އަޟްޙާ ޢީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެ ވަގުތުތައް އާންމުކޮށްފި

އަޟްޙާ ޢީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެ ވަގުތުތައް އާންމުކޮށްފި

އުތީމު ގަނޑުވަރު ފޮޓޯ: ސްކައިލަރކް ޓުއަރސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2026، 09:57

20 މޭ 2026، 09:57

ކުރިއަށް އޮތް އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކުގައި ހއ. އުތީމު ގަނޑުވަރު އާންމުންނަށް ހުޅުވާފައި ހުންނާނެ ވަގުތުތައް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އާންމުކޮށްފިއެވެ.

އެ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، ޢީދު ބަންދުގެ ތެރެއިން ގަނޑުވަރު ހުޅުވާފައި ހުންނާނީ އަންނަ މޭ މަހުގެ 23 ވާ ހޮނިހިރު، 24 ވާ އާދީއްތަ، 28 ވާ ބުރާސްފަތި އަދި 30 ވާ ހޮނިހިރު ދުވަހުއެވެ. މި ދުވަސްތަކުގައި ގަނޑުވަރު ހުޅުވާފައި ހުންނާނީ ހެންދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހެންދުނު 8:15 އިން މެންދުރުފަހު 13:30 އާ ހަމައަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނި ގޮތުގައި، އިސްވެ ބަޔާންކުރި ދުވަސްތައް ފިޔަވައި ސަރުކާރު ބަންދު އެހެން ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވާނެއެވެ.

އާންމު އުސޫލުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އެބަހީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ހެންދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. މި ދުވަސްތަކުގައިވެސް ޓިކެޓް ވިއްކާނީ ހެންދުނު 8:15 އިން މެންދުރުފަހު 13:30 އަށެވެ. ކޮންމެ ހުކުރު ދުވަހަކީ އުތީމު ގަނޑުވަރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އުތީމު ގަނޑުވަރަކީ ރާއްޖޭގެ ތާރީޚީ މުހިންމު ބިނާއަކަށް ވުމާއެކު، ޢީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ޒިޔާރަތްކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450