ޚަބަރު
ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރަނީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ޅ. ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 26،960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން ހިމެނޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެހެންމެ، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1،390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
Project Update: Design and Build of Lh. Naifaru Harbor Expansion
— MTCC Plc (@MTCCPlc) May 20, 2026
New harbor basin dredging operations are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/85hIzbUkV3
ނައިފަރަކީ 5700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއް ކަމަށްވާއިރު، އާބާދީ އިތުރުވުމާއެކު ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، އިތުރުވަމުންދާ އާބާދީއަށް އެކަށޭނަ ބަނދަރެއް ނޫން ކަމަށް ފާހަގަކުރެވެއެވެ. މީގެކުރިން ވެސް ދެފަހަރެއްގެ މަތިން ރަށުގެ ބަނދަރު ތަރައްޤީކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ނައިފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.50 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ.