Ads by Farudhun

ޚަބަރު

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ 63އިންސައްތަ ނިމިއްޖެ

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ 63އިންސައްތަ ނިމިއްޖެ

މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2026، 03:47

20 މޭ 2026، 03:47

ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓް މިހާރު ވަނީ އެ ރަށަށް ގެންގޮސް ހުސްކުރެވިފައެވެ.

މަޝްރޫޢުގެ ތަފްސީލު
މި މަޝްރޫޢުގެ ދަށުން 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާއި ދެމެދުއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިމުމުން މާކުރަތު ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450