Ads by Farudhun

ޚަބަރު

ދަމަނަވެށީގެ ޚިދުމަތްތައް އަންނަ މަހުން ފެށިގެން ވަގުތީ މަރުކަޒުތަކަކަށް ބަދަލުކުރަނީ

ދަމަނަވެށީގެ ޚިދުމަތްތައް އަންނަ މަހުން ފެށިގެން ވަގުތީ މަރުކަޒުތަކަކަށް ބަދަލުކުރަނީ

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2026، 05:07

20 މޭ 2026، 05:07

މާލޭގައި އާންމު ޞިއްޙަތުގެ ހިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒު، ދަމަނަވެށީގެ އިމާރާތް މަރާމާތުކުރުމަށްޓަކައި އެތަނުގެ ހިދުމަތްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން އެހެން އިމާރާތްތަކަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ދަމަނަވެށިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ބަދަލު ގެންނަން ނިންމީ މާލޭ ސަރަޙައްދުގައި ޖީ.ޕީ. އަދި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން މިހާރު ދަމަނަވެށި ހިންގާ އިމާރާތާއި ކުރީގެ ތެލެސީމިއާ ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އިމާރާތް މަރާމާތުކުރާ މުއްދަތުގައި ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން، މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރާއި، ހުޅުމާލޭގައި ހުންނަ ޕަބްލިކް ހެލްތު ޔުނިޓް އަދި ޖީ.ޕީ. ކްލިނިކުން ދަމަނަވެށީގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ދަމަނަވެށިން ދެމުން ގެންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ވެކްސިން ޖެހުމާއި، ހެދިބޮޑުވުން މޮނިޓަރުކުރުމާއި، އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވުމާއި ކައުންސެލިންގެ ހިދުމަތް ހިމެނެއެވެ. މި ހުރިހާ ހިދުމަތެއްވެސް ވަގުތީ މަރުކަޒުތަކުން ކުރިއަށްދާނެ ކަމަށް އެ މަރުކަޒުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450