Ads by Farudhun

ޚަބަރު

ފަޔަރފައިޓިންއާ ގުޅުންހުރި އިކުއިޕްމެންޓްތަކެއް ޖަޕާން ސަރުކާރުން ހަދިޔާކޮށްފި

ފަޔަރފައިޓިންއާ ގުޅުންހުރި އިކުއިޕްމެންޓްތަކެއް ޖަޕާން ސަރުކާރުން ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ފަޔާރ ފައިޓިންއަށް ބޭނުންވާ ތަކެތި ހަދިޔާކުރުން / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

20 މޭ 2026، 07:55

20 މޭ 2026، 07:55

ފަޔަރފައިޓިންއާ ގުޅުންހުރި އިކުއިޕްމެންޓްތަކެއް ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ޙަސަން ރަޝީދު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ ފަޔަރފައިޓިން ޕަންޕާއި އިކުއިޕްމެންޓް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހަވާލުކުރީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުންނެވެ. 



މީގެއިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިއަދު ވަނީ ދިފާއީ ފަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. ދިފާއީ ވުޒާރާގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅިގެން މަޝްވަރާކޮށްފައިވެއެވެ. 

ޖަޕާނަކީ ދިވެހިރާއްޖެއާ ވަރަށް ގާތުން މަސައްކަތްކުރާ ޤައުމެއްކަމުން، އެ ޤައުމުން އަންނަނީ ޒަމާނުއްސުރެން ގިނަގުނަ އެހީތަކެއް ދިވެހި ރައްޔިތުންނަށް ވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450