ޚަބަރު
ޙައްޖުވެރިންގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް ބައްދަލުވުމެއް ބާއްވައިފި
ި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ރަވާފް މިނާގެ އިސްވެރިންނާ ބައްދަލުކުރެއްވުން---
ދިވެހި ޙައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން، އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖުމަންޓުން ރަވާފް މިނާގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ދިވެހި ޙައްޖު މިޝަންގައި އެހީތެރިންގެ ގޮތުގައި މަސައްކަތްކުރައްވާ ފަރާތްތަކާވެސް އެމްޑީ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމްޑީ އެދިވަޑައިގަތީ ޙައްޖުވެރިން ހިތްހަމަޖެހޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.
ި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ރަވާފް މިނާގެ އިސްވެރިންނާ ބައްދަލުކުރެއްވުން---
ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓް ޖިއްދާއަށް ދިޔައީ އަންގާރަ ދުވަހުއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ޙައްޖު ކޯޓާގެ ދަށުން، މި އަހަރުވެސް ޙައްޖަށް މީހުން ފޮނުވާފައިވަނީ ޙައްޖު ކޯޕަރޭޝަންގައި ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުންނެވެ. ސަރުކާރުން އިސްކަންދެމުން އަންނަނީ ޙައްޖުގެ ހުރިހާ އިންތިޒާމުތަކަކީވެސް ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ އަދި ރައްކާތެރި އިންތިޒާމުތަކަކަށް ހެދުމަށެވެ.