ޚަބަރު
މޫސުން ވަރަށް ގޯސްވެ، ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު!
ރީނދޫ ސަމާލު ނެރިފައިވާ ސަރަޙައްދުތައް / ފޮޓޯ: މެޓް
މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބޮޑު ސަރަޙައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 06:30 އިން ފެށިގެން 10:30 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Yellow Alert for torrential rain and thunderstorms. pic.twitter.com/wBISNU6sqd
— Maldives Meteorology (@MetMaldives) May 21, 2026
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.