ޚަބަރު
ވ.ރަކީދޫއަށް އިއާދަކުރަނިވި ހަކަތައިން ބޮޑު ކުރިއެރުމެއް : އެމްޑީ ފަހުމީ

ވ.ރަކީދޫގައި ހަކަތަ ބޭނުން ކުރެވިފައިވާ ގޮތް ފޮޓޯ: އެމްޑީ ފަހުމީ
ވ.ރަކީދޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވ. ރަކީދޫއަކީ އިއާދަކުރަނިވި ހަކަތައިގައި ކުރިއަރަމުން އަންނަ ރަށެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ފަހުމީ ހާމަކުރައްވާފައިވާ ގޮތުގައި ރަކީދޫއަށް ކަރަންޓުގެ ޙިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެންނެވެ. އެހެންކަމުން މިހާރު ދުވާލަކު އެންމެ 2 ގަޑިއިރު ޖަނަރޭޓަރު ހިންގާއިރު ބާކީ ހަކަތަ އުފައްދަނީ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ބޭނުންކޮށްގެން ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ %33 ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަކަތަައިގެ ލަނޑުދަނޑިތައް ކުރިއެރުވުމުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ތަރައްޤީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުން ކުރާ މަސައްކަތާއި ފޮސިލް ފިއުލްއަށް ބަރޯސާވުން މަދުކުރުމަށް ލިބުނު ކުރިއެރުމެކެވެ.
“V. Rakeedhoo shines as a renewable energy pioneer! 🌞 The hybrid PV-BESS-DG system now powers the island, utilizing solar & battery storage while running the generator for just 2 hours daily.
— Hussain Fahmy (@HussainFahmy09) November 26, 2024
Thank you, President @MMuizzu, for your vision and commitment to achieving 33%… pic.twitter.com/ohuAHvuc6T