Ads by Farudhun

ޚަބަރު

ދ. މީދޫ ކައުންސިލް ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު އަންނަމަހު

ދ. މީދޫ ކައުންސިލް ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު އަންނަމަހު

އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2026، 05:16

21 މޭ 2026، 05:16

ދ.މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

 މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ތިން ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބާ ގުޅޭ މުހިންމު މަޢުލޫމާތުތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ވޯޓުފޮށީގެ ނަންބަރު، ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން ހިމެނެއެވެ. މި އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގެ ދަށުން ބާއްވާ އިތުރުބުރުގެ ވޯޓެކެވެ.

މީދޫގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެ ރަށުގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ ދ. އަތޮޅު މަދަރުސާގެ އިތާމުތް ކުލާސްރޫމުގައި ބަހައްޓާ ފޮއްޓަކާއި، އެ މަދަރުސާގެ އެލް.ކޭ.ޖީ ކުލާސްރޫމުގައި ބަހައްޓާ ފޮއްޓެކެވެ.

ރަށުން ބޭރުގައި، ވަކިން ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ މީދޫގެ ރައްޔިތުންނަށް ވޯޓުލެވޭނެ އިންތިޒާމުވެސް އީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ވޯޓުލުމަށް ބަހައްޓާ ފޮށި ހުންނާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގެ ލައިބްރަރީގައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ޖޫން 13 ވާ ހޮނިހިރު ދުވަހު އޮންނަ މި ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިޚާބަކީ މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު ވޯޓެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450