Ads by Farudhun

ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަންގައި ރެސްކިއު ޓީމުން ހަރަކާތްތެރި ވަނީ / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

22 މޭ 2026، 10:08

22 މޭ 2026، 10:08

ބުރާސްފަތި ދުވަހުގެ އިރުއޮއްސެނިކޮށް ހުޅުމާލެ ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި މީހާ މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ، އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުލޭ ސީޕްލޭން ޓާރމިނަލްގެ ފަޅުތެރެއިން ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަކީ ތެޔޮ ބާޖެއްގެ ފަޅުވެރިއެކެވެ. 

އެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓީމު ވެސް ބައިވެރިވިއެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:30 ހާއިރުކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450