Ads by Farudhun

ޚަބަރު

މޯލްޑިވްސް ގޭސްގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެ

މޯލްޑިވްސް ގޭސްގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެ

މޯލްޑިވްސް ގޭސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2026، 12:55

23 މޭ 2026، 12:55

ގްރޭޓަރ މާލެ ސަރަހައްދަށް ދިމާވި ކަރަންޓުގެ މައްސަލައާ ގުޅިގެން،މޯލްޑިވްސް ގޭސްގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް އެ ކުންފުނިން  ހާމަކޮށްފިއެވެ.


 މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.


ކޯލް ސެންޓަރުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި، ކޮންމެހެން ބޭނުންވާ އަވަސް ގޭސް އޯޑަރުތައް އެ ކުންފުނީގެ ސޭލްސް އައުޓްލެޓްތަކަށް (ވިއްކާ މަރުކަޒުތަކަށް) ޒިޔާރަތްކޮށްގެން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ގޭސް އިން ވަނީ ކަސްޓަމަރުންނަށް އިރުޝާދު ދީފައެވެ.


އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، ވީހާވެސް އަވަހަކަށް ޚިދުމަތް އަލުން އިއާދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. އަދި މި ހާލަތުގައި ކަސްޓަމަރުން ބަހައްޓަވާ ކެތްތެރިކަމާއި ދެއްވާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450