Ads by Farudhun

ޚަބަރު

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ޒުވާނަކު ދަސްވެނިވެއްޖެ

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ޒުވާނަކު ދަސްވެނިވެއްޖެ

ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ޒުވާނަކު ދަސްވެނިވުން ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2026، 04:05

23 މޭ 2026، 04:05

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެއްޖެއެވެ.

ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވިއެވެ. މީގެ ތެރެއިން ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލި 63 ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނުގައި ބައިވެރިވެފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ.

މި ޕްރޮގްރާމުގައި މައިގަނޑު 6 ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އޭގެ ތެރޭގައި

 ހިމެނެނީ:

އިލެކްޓްރިޝަން

އޮޓޯމޮބައިލް އިންޖިނިއަރިންގ

މެރިން އިންޖިނިއަރިންގ

ރެފް އެންޑް އޭސީ

އޮފީސް މެނޭޖްމެންޓް

ބިލްޑިންގ އެންޑް ފެބްރިކޭޝަން

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި މަސައްކަތުގެ މާހައުލަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ދަސްވެނިވެފައިވާއިރު، މިހާރު ވަނީ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް ނިންމާލާފައެވެ. ދެވަނަ ބުރުގައި ތަމްރީނު ފުރިހަމަކުރި 343 ބައިވެރިންގެ ތެރެއިން 80 ބައިވެރިޔަކު ކުރިއަށް އޮތް ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450