Ads by Farudhun

ޚަބަރު

މާލެ ސަރަހައްދުގެ 25 މިސްކިތަކާއި 4 މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމައިފި

މާލެ ސަރަހައްދުގެ 25 މިސްކިތަކާއި 4 މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމައިފި

ރާއްޖޭގައި އީދު ނަމާދު ކުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 މޭ 2026، 12:56

24 މޭ 2026، 12:56

އަންނަ ބުދަ ދުވަހު ފާހަގަކުރާ މިއަހަރުގެ އަޟްހާ އީދު ނަމާދު، މާލެ ސަރަހައްދުގެ 25 މިސްކިތަކާއި ހަތަރު ބޮޑު ބިމެއްގައި ބޮޑު ޖަމާއަތުގައި ކުރުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަ ދަނޑު އަދި ހުޅުމާލޭ ފޭސް 1 ގެ ސިންތެޓިކް ޓްރެކްގައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ މަސްޖިދު ހަސަން އާދަމްއާ ނިރޮޅުމަގާއި ހީނާމާހިނގުމާއި ފޭރުގަސްމަގު އަދި ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި ވެސް ބޮޑު ޖަމާއަތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ބޮޑު ޖަމާއަތް ބޭއްވޭގޮތް ނުވެއްޖެ ހާލަތެއްގައި، މާލެ ސަރަހައްދުގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާ ގޮތަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި އިންތިޒާމުތަކުގެ ދަށުން، ކޮންމެ އަހަރަކުވެސް އަމަލުކުރާ އުސޫލުން ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައިވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ ވަކި ޖާގައެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާނެއެވެ.

ރާއްޖޭގައި އީދު ނަމާދުކުރާ ގަޑިއަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ހެނދުނު 7:30 ގައި ކުރަމުން އައި އީދު ނަމާދު، މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާނީ ހެނދުނު 7:00 ގައެވެ. މި ބަދަލަކީ އަވީގެ ހޫނުގަދަވުމުގެ ކުރިން ނަމާދު ނިންމާލުމަށް ލިބޭ ފަސޭހައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450