Ads by Farudhun

ޚަބަރު

މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ގިނަ ޕެކެޓުތަކަކާއެކު މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ގިނަ ޕެކެޓުތަކަކާއެކު މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

ސ. މީދޫއިން ހައްޔަރުކުރި ދެ މީހުން---

farudhun logo

ފަރުދުން

24 މޭ 2026، 03:53

24 މޭ 2026، 03:53

މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ގިނަ ޕެކެޓުތަކަކާއެކު އައްޑޫ މީދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ މަސްތުވާތަކެތީ ހިފައިގެން އެ ތަކެތީގެ ވިޔަފާރި ކުރުމަށް ދާކަމުގެ މަޢުލޫމަތު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގެންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މިރާޒް / ސ. މީދޫ، އީޖާޒް ނަޢީމް (43އ) އާއި ގުޑްލަކް / ސ. ހިތަދޫ، ޢަބްދުﷲ ޢަމީލު (41އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މި ދެ މީހުން ހުއްޓުވައި އެ މީހުން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމުހުރިކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450