Ads by Farudhun

ޚަބަރު

ދެ ކޭސް ބަނގުރަލާއެކު ދެ ޒުވާނުން ހައްޔަރުކޮށްފި

ދެ ކޭސް ބަނގުރަލާއެކު ދެ ޒުވާނުން ހައްޔަރުކޮށްފި

ބަނގުރަލާއެކު ހައްޔަރުކުރި ދެ ޒުވާނުން---

farudhun logo

ފަރުދުން

24 މޭ 2026، 04:26

24 މޭ 2026، 04:26

ދެ ކޭސް ބަނގުރަލާއެކު ހުޅުމާލެ ފޭސް 1އިން ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ މެއި 21 ވަނަ ދުވަހުއެވެ. މި މީހުން ހައްޔަރުކުރީ، ފުލުހުން ހުޅުމާލެ ފޭސް 1 ޕެޓްރޯލުކުރަމުން ދަނިކޮށް، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ޗެކްކުރުމަށްފަހުއެވެ.

މި ތަކެތި ހުރީ އެ ދެ މީހުން ގެންގުޅުނު ކަޅު ކޮތަޅެއްގެ ތެރޭގައެވެ. އަދި އެ މީހުން ހިފަހައްޓާފައި ވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންނެވެ. އެ މީހުންގެ އަތުން 2 ކޭސް ބަނގުރާ (48 ފުޅި) ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދޯދިލް / ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި، ކުޅުދޫ. ގުލްފާމްގެ / ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް  ހަތްދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450