Ads by Farudhun

ޚަބަރު

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި!

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި!

ދިވެހި ޙައްޖުވެރިން މިނާގައި ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 09:58

25 މޭ 2026، 09:58

މިއަހަރު ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ރާއްޖެއިން ގޮސްތިބި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ގޮސް، އެތަނުގައި ހަމަޖެހިއްޖެއެވެ.

ދިވެހި ޙައްޖުވެރިން މިނާއަށް ދިޔުމަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ފަތިހުގެ ވަގުތެއްގައި ހުރިހާ ޙައްޖުވެރިންނަށްވެސް މިނާއަށް އާދެވިފައިވާއިރު، މިނާ އަދި އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.

މިނާގައި ޙައްޖުވެރިން ތިބުމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ބަލާއިރު، އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ޓެންޓުތަކާއި، ކެއިންބުއިމަށް ޚާއްޞަ ބުފޭ ސަރަޙައްދުތައް ވަނީ ވަކިން ހަމަޖައްސާފައެވެ. ކޮންމެ ޙާޖީއަކަށް ޓެންޓުގައި ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެއިތުރުން، ކޮންމެ މީހަކަށް ވަކިން ޚާއްޞަ ޕެކޭޖެއްގެ ގޮތުގައި މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު އަޅާނެ ކޮތަޅު، ކުޑަ ދަބަހެއް އަދި ރީތިވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ. މިނާގެ ހުރިހާ ޓެންޓުތަކަކީވެސް އޭސީ ކުރެވިފައިވާ ފިނި ތަންތަނެވެ.

މިއަހަރުގެ އިންތިޒާމްތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފާޚާނާގެ ޚިދުމަތެވެ. އެގޮތުން ދިވެހިންނަށް ޚާއްޞަކޮށް 60 ފާޚާނާ ބަހައްޓާފައިވާއިރު، މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، ޙާޖީންނަށް އެއްވެސް އަގަކާ ނުލައި ތަފާތު ފިނި ބުއިންތައް ލިބޭނެހެން ޓެންޓުތަކުން ބޭރުގައި ފްރިޖްތައް ބަހައްޓާފައި ހުރެއެވެ.

މިނާގެ އިތުރުން އަރަފާތުގައިވެސް ޙާޖީން ތިބުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. ޙައްޖުވެރިން މަޝާއިރުގެ މާތް ބިމުގައި ޖުމްލަ 6 ދުވަސް ހޭދަކުރާނެއެވެ.

މިއަހަރުގެ ޙައްޖުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާއިރު، ޙައްޖުވެރިންގެ ފަސޭހައަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450