Ads by Farudhun

ޚަބަރު

މަޝްވަރާކުރުމާ ދެކޮޅު މީހުންނަށް އަބަދުވެސް ވިސްނޭނީ އެންމެ ނުބައިގޮތް: ޝުޖާއު

މަޝްވަރާކުރުމާ ދެކޮޅު މީހުންނަށް އަބަދުވެސް ވިސްނޭނީ އެންމެ ނުބައިގޮތް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 10:58

25 މޭ 2026، 10:58

މަޝްވަރާ ކުރުމުގެ ރޫހާ ދެކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކަށް އަބަދުވެސް ކަންކަން ފެންނާނީ އެންމެ ނުބައި ގޮތަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ ނިންމުންތަކާ ގުޅޭގޮތުން އަދަދު ނޫހުން ފަތުރެމުންދާ  ޚަބަރުތަކާ ގުޅިގެން އެކަން ދޮގުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށައަޅުއްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވި ނަމަ، މަޝްވަރާ މަޖިލީހުން ވަގުތުން އެކަމަކަށް ރުހުން ދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތީ ޕާޓީގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ކޮންގްރެސްއެވެ. ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދިއުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕާޓީގެ ރައީސަކީ ޤައުމު ހިންގެވުމުގައިވެސް މިހާތަނަށް އެންމެ ގިނަ މަޝްވަރާ ރައްޔިތުންގެ އަރިހުން އައްސަވައިގެން ކަންކުރެއްވި ރައީސް. މަޝްވަރާ ކުރުމާ ދެކޮޅު ވިސްނުމުގެ ބަޔަކަށް އަބަދުވެސް ވިސްނޭނީ އެންމެ ނުބައިގޮތް،

      ޝުޖާއު ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގައި ފިތުނަ އުފެއްދުމުގެ ވިސްނުމުގައި ކުރެވޭ މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ބައެއް ނޫސްވެރިންނަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ. އަދި ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތަކާއި މަޝްވަރާ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ނޫސްވެރިން ޕާޓީގެ ތަރުޖަމާނަށް ގުޅުއްވުމުން ހުރިހާ މައުލޫމާތެއް ސާފުކޮށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450